اسم الكتاب: الإيقاظ في تعليم الألفاظ - لموسى ملم كليكفان (ت ١٣٩٠ هـ)
الناشر: مطبع ستاره هند لمطید بكلكته | الطبعة الأولى، ١٣٥٧ هـ - ١٩٣٨ م.

ފޮތުގެ ނަން: އަލްއީގާޡު ފީ ތަޢުލީމިލް އަލްފާޡު (ބަސްތައް ދަސްކޮށްދިނުމަށް ހޭލުންތެރި ކުރުވުން) | ލިޔުނީ: މަލިމް މޫސާ މާފަތްކަލޭގެފާނު (1390 ހ.)
ޗާޕުކުރީ: ސިތާރަ-އީ-ހިންދު ޕްރެސް، ކޮލްކަޓާ | ފުރަތަމަ ޗާޕު، 1357 ހ. - 1938 މ.

ދިވެހި ފޮތުގެ ޕީޑީއެފް


"The text presented here is exclusively for research and educational purposes. It is intended for non-commercial fair use only."


ޑިޖިޓައިޒުކުރުމުގައި އެހީތެރިވި ފަރާތްތައް

އ.ޔ.، ޢަބްދުލް މުޢިއްޒު ރަޝީދު، ޢަލީ ޒިޔާދު، މުޙައްމަދު މާއިޒު މުޢާވިޔަތު، އިބްރާހިމް ސަނީހު، މުޙައްމަދު އިޙްސާން، ޙުސައިން ޞާދިޤު، އިމްތިޠާއު ޢައްބާސް، ޖައިލަމް ޢަބްދުލް ޖަލީލު، އާދަމް އިފްހާމް، ޙަސަން ޒިޔާން، ޢިމާދު ޔޫސުފް، ޙުސައިން ނަޝާޠު، ނިޙްރީރު މާޖިދު ދާވޫދު، މުޙައްމަދު އަޙްމަދު، ޢަބްދު ﷲ އަޙްސަން ސަޢީދު، ބަޝީރު އާދަމް، ޙުސައިން ޖައުޒާން، މުޙައްމަދު މަފާޒު އަޙްމަދު، މުޙައްމަދު ޢާމިލް ޢަލީ، މުޙައްމަދު ޢާދިލު، ނަޡީމް ނިޡާމް، ޢަބްދު ﷲ ޢައްޒާމް ކ.، ޢައްފާން ޙަލީމް، އަޙްމަދު އަޒުހާން، އަޙްމަދު ޝުޖާޢު ޝަރީފު، ޢީސާ ޙުނައިން، މައިހާން ނާޒިމް، މާޒިޔާ މުޢާވިޔަތު، މުޙައްމަދު ފަޟީލް، މުޙައްމަދު ޖަޒްލާން ޢުމަރު، މުޙައްމަދު ވިޝާޙު ޢަލީ، މުޠީޢު އިސްމާޢީލް މުޙައްމަދު، ޝިފާޤް އަޙްމަދު، ޒަހްވާން ނާޒިމް، އަދި އެ ނޫންވެސް އަޚުންނާއި އުޚްތުންނެވެ. — އިތުރު މައުލޫމާތު.

ﷲ އަށް ހަމްދު ކުރަމެވެ. މިއީ 1 މަސްދުވަހުން އެކުލަވާލެވުނު ޑޭޓާބޭސެކެވެ. މި ޑޭޓާބޭސްގައި 13000 އަށް ވުރެ ގިނަ އެންޓްރީތައް ހިމެނެއެވެ. އެއީ 30000 އަށް ވުރެ ގިނަ ލަފްޒެވެ. އެހީތެރިވީ އަރަބި ބަހާއި ދިވެހި ބަހަށް ޝައުގުވެރިވާ ފަރާތްތަކާއި، ދީނީ ކަންކަމާއި ދައުވަތު ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ އަޚުންނާއި އުޚްތުންނާއި، ތަރުޖަމާ ކުރުމުގެ ފަންނަށް ނުހަނު ލޯބިކުރާ ފަރާތްތަކެކެވެ. އިރާދަކުރެއްވިއްޔާ މި ކަމުން ފަސޭހަކަމާއެކީ ބަސްތަކުގެ މާނަ ބެލޭނެ ގޮތެއް ފަހިވެގެން ދާނެއެވެ. އިން ޝާއަ ﷲ މި ކަމުގެ ފައިދާ އެންމެހައި ދިވެހިންނަށް ލިބިގެން ދާނެއެވެ. ޔާ ﷲ އެވެ. މި މަސައްކަތް ގަބޫލު ކުރައްވާ، މި ކަމުގައި ބަރަކާތް ލައްވާށިއެވެ. އަދި ހެޔޮ އަމަލުތަކުގެ ތެރޭގައި ހިމަނުއްވާށިއެވެ. އަދި މިއީ ގިޔާމަތަށް ދާންދެން ދެމިގެންދާ ސަދަގާ ޖާރިއާއެއް ކަމުގައި ލައްވާށިއެވެ. އަދި މިކަމުގައި ބައިވެރިވި އެންމެހައި އަޚުންނާއި އުޚްތުންނާއި އެ މީހުންގެ އާއިލާތަކާއި ރަހުމަތްތެރިންނަށް ފާފަ ފުއްސަވާދެއްވާ، ހައްގުގެ މަގަށް މަގުދައްކަވާ، އަދި އެ މަގުގައި ސާބިތުކަން ދެއްވާށިއެވެ. އާމީން.


އަލްއީޤާޡުގެ ތައާރަފު

• އަލްއީޤާޡަކީ ކޮބާ؟

الأِيْقاظ في تَعْلِيمِ الأَلْفَاظْ - އަލްއީޤާޡް ފީ ތަޢުލީމިލް އަލްފާޡް (ބަސްތައް ދަސްކޮށްދިނުމަށް ހޭލުންތެރި ކުރުވުން) މިއީ މިހާތަނަށް އެނގެން އޮތް ގޮތުން އެންމެ ފުރަތަމަ ލިޔެވުނު އަރަބި - ދިވެހި ބަސްފޮތެވެ. އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު މި ފޮތް ލިޔުއްވީ، އަރަބި ބަސް އުނގެނުމަށް ވަރަށް ގިނަ ދަރިވަރުން ބޭނުންވެގެން އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ. އަލްއީޤާޡް، މި ފޮތް ބެހިގެންވަނީ ތިން ބަޔަކަށެވެ. ފުރަތަމަ ބަޔަކީ ނަމުގެ ފޮތެވެ. އޭގައި ވަނީ 6404 ނަމެވެ. ދެވަނަ ބަޔަކީ ކަމުގެ ފޮތެވެ. އޭގައި ވަނީ 1958 ކަމެވެ. އަދި ތިންވަނަ ބަޔަކީ ޖުމްލައިގެ ފޮތެވެ. އޭގައި ވަނީ 798 ޖުމްލައެވެ. މިއީ ވަރަށްވެސް މުހިއްމު ފޮތެކެވެ. އަދި އަރަބި - ދިވެހި ބަސްތަކުގެ މާނަ ހޯދަން ވަރަށް ގިނައިން ދިވެހިން ރުޖޫއަވާ ފޮތެކެވެ. ހާއްސަކޮށް އަރަބި އުނގެނޭ ދަރިވަރުންނާއި ތަރުޖަމާ ކުރުމުގެ ފަންނުގެ އަހުލުވެރިންނެވެ. އެ ގޮތުން ކުރީ ޒަމާނުގައި މެނުވީ ބޭނުން ނުކުރާ ދުރު އެތަކެއް ބަހެއް މި ފޮތުން އެނގިގެން ދެއެވެ. މަލިމް މޫސާ މާފަތްކަލޭގެފާނުގެ މި އަގުހުރި މަސައްކަތުގެ ސަބަބުން އެތަކެއް އަހަރު ފަހުންވެސް އަހަރެމެންނަށް ފައިދާ ލިބެމުން ދާކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. މާތް ﷲ މި މަސައްކަތުގައި ބަރަކާތް ލައްވާ، މަގްބޫލު ފޮތެއް ކަމުގައި ހިމަނުއްވާށިއެވެ. އާމީން.

• މަލިމް މޫސާ މާފަތްކަލޭގެފާނަކީ ކޮން ބޭފުޅެއް؟

އެއީ ކ. ހުރަޔަށް ނިސްބަތްވާ ބޭކަނބަލެއްގެ ބަނޑުން އައްޝައިޚް ކުޑަ ޙަސަން ތަކުރުފާނަށް ލިބިލެއްވި މޫސާފުޅެވެ. ދީނީ ތައުލީމް ރާއްޖޭގައި ފެތުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރެއްވި ބޭކަލެކެވެ. ދިވެހި ބަހުގެ އަދީބެކެވެ. ފޮތްތައް ނެރުއްވި މުސައްނިފެކެވެ. ވާހަކަ ލިޔުންތެރިއެކެވެ. ރައިވަރު ހެއްދެވި ޝާއިރެކެވެ. އަދި މަދަރުސަތުއް ސަނިއްޔާގައި އެންމެ ފުރަތަމަ ކިޔަވައިދެއްވި މުދައްރިސުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭކަލެކެވެ. ދިވެހި ދައުލަތުގެ ތަފާތު ފެންވަރުގެ މަގާމްތައް އޭނާ އަދާކުރައްވާފައި ވެއެވެ. އެ ގޮތުން އެތެރެކޮއިލު މިސްކިތުގެ މަލިންކަމާއި، ފަތްލިޔާކަމާއި، ވަޒީރުއް ދާޚިލިއްޔާގެ ނާއިބުކަމާއި، މަޙްކަމަތުއް ދާޚިލިއްޔާގެ ވަކީލުކަމާއި، ރައްޔިތުންގެ މަޖުލީހުގެ ރައީސްކަން ކުރައްވާފައި ވެއެވެ. އޭނާގެ ދަރިދަރިކަލުންނަކީ މަލިމް މުޙައްމަދުފުޅާއި، މަލިމް އިބްރާހީމް ކަލޭފާނާއި، މަލިމް ފާތިމާފުޅެވެ. އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު ނިޔާވީ 18 ނޮވެމްބަރު 1970 ގައެވެ. މާތް ﷲ އޭނާގެ ފާފަ ފުއްސަވާ، ތަނަވަސް ރަހުމަތް ލައްވާށިއެވެ. އާމީން.


ތަކުރާރުކޮށް ކުރެވޭ ސުވާލުތައް

• އަލްއީޤާޡްގައި ކުށްތަކެއް ހުންނަނީ ކީއްވެ؟

ފޮތް ލިޔުއްވި މުސައްނިފުގެ ފަރާތުން އައިސްފައިވާ ބައެއް ބަހުގެ ކުށްތައް އެބައުޅެއެވެ. ގޮޅި ބްރެކެޓެއްގައި އޭގެ ރަނގަޅު ގޮތް އަހަރެމެން ބަޔާންކޮށްދީފައި ވަނިކޮށް ފެނިދާނެއެވެ. އަދި މީގެ އިތުރުން ޑޭޓާބޭސް އެކުލަވާލި އިރު އެ ހެދި މީހުންގެ ކިބައިން ވަދެފައިވާ ބައެއް ކުށް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މި ދެންނެވި ބާވަތުގެ ކުށެއް ފެނިއްޖެ ނަމަ އަނގާލަދެއްވުން އެދެމެވެ.

• އަލްއީޤާޡް ވަކި އެޕްލިކޭޝަނަކަށް ނަހަދަނީ ކީއްވެ؟

އެއީ އެޕްލިކޭޝަން އޭގެ މައްޗަށް ބިނާވާ ކޯޑު އާއި އެސެޓުތައް އެކި ތަންތާ އެކި ފަހަރުމަތިން ތަކުރާރު ނުކުރުމަށެވެ. އަދި އެޕްލިކޭޝަން ބަލަހައްޓައި އަދާހަމަކުރަން ފަސޭހަކޮށް، އެއަށް ބޭނުންވާ ރީސޯސްތައް މަދުކޮށް، ސައިޒު ކުޑަކުރުމަށެވެ. ވަކިން އަލްޢީޤާޡު ބަލަން ބޭނުންވަނީ ނަމަ، ބްރައުސާގައި ޓެބްއެއް އެކަމަށް ހުޅުވާފައި ބެހެއްޓިދާނެއެވެ.

• އަލްއީޤާޡުގެ އަރަބި ލަފްޒާއި އޭގެ މާނަ ފޯނުގައި އެއް ބަރިއެއްގައި ފެންނަގޮތަށް ނަހަދަނީ ކީއްވެ؟

އެއީ މި ފޮތުގައި ހަމައެކަނި ބަހާއި އޭގެ މާނަ ހިމެނިފައި ނުވާތީއެވެ. އޭގެ އިތުރަށް ދިގު ޕެރެގްރާފްތަކާއި ސަފުހާތަކެއްވާ ލިޔުންތައް ހިމެނެއެވެ. މިހުރިހާ އެއްޗެއް ފޯނުގައި ބަލަން އެންމެ މުނާސަބު ވަނީ މިހާރު މި އިން ގޮތެވެ. ނޫނީ ވިއްޔާ ވަރަށް ހަނި ކޮލަމެއްގައި މި ދެންނެވި ދިގު ލިޔުންތައް ފައްތަން ޖެހޭނެއެވެ. ނޫނީ ލިޔުމުގެ އެއްބައި ސްކްރީނުން ގެއްލޭނެއެވެ. އެހެނަސް އެއް ބަރިއެއްގައި ފެންނަން ބޭނުން ނަމަ ޑެސްކްޓޮޕްގައި ބެލިދާނެއެވެ.

• އަލްއީޤާޡް ޕީޑީއެފްއަކަށް ނަހަދަނީ ކީއްވެ؟

ޑޭޓާބޭސް ހެދީ ވުޖޫދުގައި ހުރި ޕީޑީއެފްއަކުންނެވެ. ދެން އޭތި ދެވަނަ ފަހަރަށް އަނެއްކާ ޕީޑީއެފްއަކަށް ހެދުމުގެ ބޭނުމެއް ނުފެނުނެވެ. އެހެންނަމަވެސް މި ޑޭޓާބޭސްއިން އަލްއީގާޡްގެ ލިޔުން ކޮޕީ ކުރެވެން ހުރި ވާހަކަ ދަންނަވާލަމެވެ.

• [ސ. 5] ގެ މާނައަކީ ކޮބާ؟

އެބަހީ، އެ ލަފްޒެއް ވަނީ ޕީޑީއެފްގެ 5 ވަނަ ސަފުހާގައެވެ.


معلومات عن الكتاب - ފޮތާ ބެހޭ މައުލޫމާތު (އަރަބިން)

قال محمد قباد أبو بكر:

نبذة تعريفية عن كتاب الإيقاظ في تعليم الألفاظ

الإيقاظ في تعليم الألفاظ من اوائل المعاجم اللغوية التي أُلِّفت باللغة المالديفية وضعه الشيخ مَلِمْ موسى مافة كليغيفان، فهذا المعجم يتألف من ثلاث مجموعات. و المجوعة الأولى تختص بالأسماء و سماها المؤلف كتاب الأسماء، و فيها ٦٤٠٤ اسما.

المجموعة الثانية تختص بالأفعال، و فيها ١٩٥٨ فعلا.

و المجموعة الثالثة تشمل جملا مفيدة باللغة العربية و سماها المؤلف كتاب الجمل. و تتكون من ٧٩٨ جملة عربية.

و قد ألف الشيخ هذا المعجم على طلب كثير من الطلبة من الذين يرغبون في تعلُّم اللغة العربية كما ذكر ذلك في مقدمة كتابه.

و لم يؤلَّف أي كتاب آخر لتيسير و تبسيط اللغة العربية للراغبين في دراستها بهذا الحجم.

جزى الله المؤلف جزاء العاملين النافعين بعلمهم.

و قد يسأل سائل هل لهذا الكتاب من مآخذ، فأقول نعم و بكثرة؛ و منها: وجود كلمات كثيرة غريبة لا تستخدم إلا في الكتب القديمة، و المبتدؤون لا يحتاجون إلى مثلها إلا في مرحلة متقدمة جدا، و هناك كلمات أشكّ في عربيتها و انها تستخدم باللغة العربية. و كما أن هناك كلمات كثيرة من اللهجة المصرية الدارجة أيضا.


އަސްލު ފޮތުގެ މުގައްދިމާ

الأِيْقَاظ

فِيْ تَعْلِيم اْلأَلْفَاظ

جَمَعَهُ وَرَتَّبَهُ الحَقِيْر الحَاجّ مُوسَى مَلم كَليْكَفَان المحْلِيّ

ابْن الْشَّيخ الوَجيْهُ كُدَ حَسَن تَكرفَانُ الهُرَوِيِّ

طُبعَ بنَفَقَةِ مُؤَلِّفهِ الْحَقِير مُوسَى مَلِم كَليْكَفانُ [رَحِمَهُ] اللَّهُ تَعَالَى

الطَّبْعَةُ الأوْلى سنة ١٣٥٧ [هـ]

طُبعَ في مَطْبَعَة ستَارَه هنْدُ لمطیْد بكَلكته


الْإِجَازَة

اَلْفَاضِلُ الْحَاجِّ مُوْسَى مَلِم ކަލޭގެފާނަށް سَلَام

މިފޮތް ލިއެ ޗާފުކުޅައަސް އެންމެ ރަގަޅެވެ. والسَّلاَم

حرف ١٦ ربيع الثاني ١٣٥٦هجرية

(الإِمْضَاء) حسَين بنُ محمد الحُسَينِي

وَزِيْر المَعَارِف


بِسْمِ اللَّهِ الرَّحْمَنِ الرَّحِيْمِ وَبِهِ نَسْتَعِيْن،

الْحَمْدُ لِلَّهِ الَّذِي فَضَّلَ لُغَةَ الْعَرَبِ بِإِنْزَالِ القُرْآنِ، وَالصَّلَاةُ وَالسَّلَامُ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِ الْإِنسِ وَالْجَانِّ، وَعَلَى آلِهِ وَصَحْبِهِ مَدَى الْأَزْمَانِ، آمِيْن،

أَمَّا بَعْدُ ހައްދަވައި ބޮޑުކުރެއްވި މާތް ރަސްކަލާގެ ކިބައިން رَحْمَة ލެއްވުމާއި تَوْفِيْقُ ދެއްވުން އެދޭ ނިކަމެތި އަޅާ (كُدَ حَسَن تَكْرُفَانُ ގެ مُوْسَى ފުޅު) ބުނަމެވެ.

اِبْتِدَائِي مَدْرَسَه އެއްގައި عِلْمُ އުގެނޭ اَدَبُ ވެރި عِزَّة ތެރި ކުދީންކުރެ ކުދިބައަކު، އެކުދީންނަށް عَرَبِ ބަސް ދަސްކުޅައުން ފަސޭހަވުމަށްޓަކައި، ކުޑަ ބަސްފޮތެއް އެކުލަވައި، ދިވެހި تَرْجَمَه އާއިއެކު ލިއެދިނުމަށް ނިކަމެތި އަޅާގެ ކިބައިން އެދުނު ހިދު، އެކަމަކީ އަޅުގަޑާއި އެކަށީގެންނުވާފަދަ ކަމެއް ކަމުން، ކުރިއަށް އެއްފިއަވަޅު، ފަހަތަށް އަނެއްފިއަވަޅު އަޅައަޅައި ދެ فِكْرُ މަތީ އެތައް ދުވަހަކު ހުރީމެވެ.

މިހެން ހުރެފައިމެ، އެކުދީންގެ މިމާތް އެދުމުން ކުޑަމިންވަރެއް ނަމަވިއަސް ނިކަމެތި އަޅާގެ ކިބައިން ފުއްދައިދެވޭތޯ قَصْدُ ކޮއް، އެ މަސައްކަތުގެ އަތްކުރި އަރުވައިލައި، ހިތާއި ހަށިގަޑުން އެކަމަށް ކުރިމަތިލައި، މާތް ރަސްކަލާގެ ދެއްވި تَوْفِيْقُ ގެ ބާރުން، ދުވަސްތަކެއްގެ ތެރޭގައި أَلِفُ بَا ގެ އަކުރުގެ تَرْتِيبُ މަތީން ކުޑަ ބަސްފޮތެއް ލިއެ، އެ ފޮތަށް (الْإِيْقَاظُ فِيْ تَعْلِيْمِ الْاَلْفَاظِ) މި ނަމުން ނަން ދިނީމެވެ.

ފަހެ މިފޮތުގައި އެކުލެވިގެން މިވާ މަދު ބަސްކޮޅު (އުގެނޭ ކުދީންނަށް فَائِدَة ލިބިގަތުން ފަހިކޮއްދިނުމުގެ އެދުމުގައި) ތިން ބައަކަށް ބަހައި، ފުރަތަމަ ބައަށް كِتَابُ الأَسْمَاءِ އެވެ ކިއައި -(މި ބައިގައި ވަނީ ٦٤٠٤ اِسْمވެ.)- ދެވަނަ ބައަށް كِتَابُ الأَفْعَالެވެ ކިއައި -(މި ބައިގައި ވަނީ ١٩٥٨ فِعْلެވެ] - ތިންވަނަ ބައަށް كِتَابُ الْجُمُلَاتِ އެވެ ކިއައި -(މި ބައިގައި ވަނީ ٧٩٨ جُمْلهއެވެ.)- މި قَوَاعِدُން އަޅާ قَصْدُ ކުޅަ މިންވަރަށް މި ފޮތް ލިއެ ނިމިއްޖެއެވެ. وَلِلَّهِ الْحَمْدُ عَلَى ذَلِكَ.

ކީރިތި އޯގާވަންތަ މާތް ރަސްކަލާގެ ކިބައިން އެދުމުގެ ކޮޅުނެތްކޮޅަށް އަޅު އެދެނީ، މި ފޮތުން ދިވެހި ރާއްޖޭގެ ކުދީންނަށް مَنْفَعَ ދެއްވައި، އެކުދީންގެ ގާތުގައި قَبُوْلُ ވެވޭ އެއްޗެއް ކަމުގައި މި ފޮތް ލެއްވުމެވެ. އެކަލާގެއީ، އަޅުތަކުން އެދޭ އެދުންތައް ފުއްދަވާ ކުޅަދުންވަންތަ މާތް ރަސްކަލާގެއެވެ. إِنَّهُ عَلَى مَا يَشَاءُ قَدِيْرٌ، وَبِالْإِجَابَةِ جَدِيْرٌ، نِعْمَ المَوْلَى وَنِعْمَ النَّصِيْرُ، وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ الْعَلِيِّ العَظِيْمِ.

الحقير مَلم مُوسَى ފުޅު


[ފޮތް]


خَاتِمَةُ الطَّبعِ

ދަންނައެ، މާތް ކަލާގެ ދެއްވި تَوفِيقُން މިފޮތުގައި ނިކަމެތި އަޅާ ލިއުމަށް قَصدُކުޅަ މިންވަރު މިހިސާބުން ލިއެ ނިމިއްޖެވެ. މިފޮތް ބެއްލެވި ކޮންމެ ބެއިކަލަކުކިބައިން އަޅުއެދެނީ، މީގައި ދިވެހިބަސްތައް އެތުރިފައިވާ ގޮތާއިމެދު ވިސްނަވައި، ތާނައިގެ އަކުރުތަކުގެ اَصلَاއި خِلَافُވެ، އެބަހެއް އޮންނާންވީ ތަން ނޫން ތަނެއްގައި އެޅިފައި އޮއްވައި ބަހެއް ފެނިލެއްވިނަމަ، އެބަހެއް އޮންނާން އެންމެ ރަގަޅު ތަނެއްގައި بَيَان ކުރައްވައި، މިފޮތާބެހޭ މީހަކަށް ލިއެ އެންގެވުމާއި، އަދި ތާނަ ބަހާއިދިމާގައި ލިޔެވިފައިހުރި عَرَبِ لَفظُ ތަކަށް ވިސްނަވައި، އެބަހަކާއި مُنَاسَبُ ނުވާ لَفظެއް އޮއްވައި ފެނިލެއްވިނަމަ، އެބަހަކާއި ދިމާގައި އޮތުން އެންމެ ހަމަޖެހޭ عَرَبِ لَفظެއް ލިއުއްވައި بَيَان ކޮއްދެއްވުމެވެ. އެއީ، އަނެއްފަހަރަކު މިފޮތް ޗާޕުވެވޭނެ ގޮތެއް ދިމާވެއްޖެނަމަ، މިފޮތުގައި ހުރިނަމަ ހުރި ދޯހަޅިކަމެއް ފިލުވައި تَنقِيحُ ކޮށް، ކުށްތަކުން ސާފުކުޅައުމަށެވެ. މިމަގަށް މިކަންތައް ހެއުނިޔަތުގައި ކޮށްދެއްވި ކޮންމެ ބެއިކަލަކަށް މާތްކަލާގެ رَحمَة ލައްވާނެތެވެ. آمين

هذا وَقَدْ تَمَّ الفَرَاغُ مِنْ تَحرِيرِ لِهَذِهِ الْعُجُوْلَة، بِعَوْنِ الْمَلِكِ المُتَعَالِ فِيْ خَيْرِ حَالَة،

وَالْحَمْدُ الِلهِ أَوَّلًا وَآخَرًا وَعَلَانِيَةً وَسِرًا، فَالْمَرْجُوُّ مِمَّنْ طَالَعَهَا مِنْ أَهْلِ اللُّغَةِ،

أَنْ يُصَّحِحَ غَلَطَاتِهَا، وَيَسْتُرَ عُيُوْبَ كَاتِبَهَا، لِأَنْ المُصَنِّفَ عَثُوْرُ، وَالنَّاقِدَ بَصِيْرُ،

وَالصَّلَاةُ عَلَى سَيِّدِ المُرْسَلِيْنَ بَدْأً وَخِتَامًا، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ تَسْلِيْمًا،